Tuesday, February 01, 2011
މިސްރާއި ދިވެހިރާއްޖެ އަދި މައުމޫނާއި ހުސްނީ މުބާރަކް، ވެރިކަމުގައި ދާދި އެއްގޮތް ކަންތައްތަކެއް
ިދިވެހިރާއްޖެއަކީ ބައެއް ކަހަލަ ކަންކަމުގައި އެހެން ޤައުމުތަކާއި ވަރަށް އެއްގޮތް ކަންތައްތަކެއް ހުންނަ ޤައުމެކެވެ. މިގޮތުން މިސްރާއި ދިވެހިރާއްޖެއަކީވެސް އިސްލާމީ ދެ ޤައުމުގެ އިތުރުންވެސް ފާހަގަ ކޮށްލެވޭ ގިނަ ކަންތައްތަކެއްގާ އެއްގޮތް ދެ ޤައުމެވެ. މިސްރުގެ އަޒްހަރު ޔުނިވަރސިޓީން ކިޔަވާ ވިދާޅުވުމަށްފަހުން ރާއްޖެވަޑައިގެން ރާއްޖޭގައި ތިރީސް އަހަރުގެ ވެރިކަމެއް ކުރެއްވި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމުގެ ވެރިކަން، ރައްޔިތުން ނިމުމަކަށް ގެނެސްފައިވަނީ އެއީ ޚުދުމުޚްތާރު ވެރިކަމެއްކަމަށް ބުނެ މަގުމައްޗަށް ނިކުމެގެންނެވެ
.
ރާއްޖޭގައި އޮތް ތިރީސް އަހަރުގެ ވެރިކަން ވެއްޓި ދެ އަހަރު ވީއިރު މިސްރުންވެސް މިއަދު މިފެންނަނީ އެޤައުމުގެ މިހާރުގެ ރައީސް ހުސްނީ މުބާރަކްގެ ތިރީސް އަހަރުގެ ވެރިކަމާއި ދެކޮޅަށް ރައްޔިތުން ނިކުމެ، އެ ވެރިކަން ނިމުމަކަށް ގެނައުމަށަ މަސައްކަތް ފެށިތަން. އެޤައުމުގައިވެސް ގޮވަމުންދަނީ ރާއްޖެއެކޭ އެއްފަދައިން އެވެރިކަމަކީ ހުދު މުޚްތާރު ވެރިކަމެއްކަމަށާއި ދެން ފުދިއްޖެކަމަށެވެ. އިތުރަށް ވިދާޅުވޭ.
ި
Thursday, January 27, 2011
MV BLOGGERS
Join this new facebook group bloggers. All you have to do is jumb in and join this group. The group is named MV BLOGGERS. Feel free to invite your friends.
Monday, December 20, 2010
އިޒްރޭލްގެ ޑޮކްޓަރުން ރާއްޖެއައުން
އެއްވެސް ޝައްކެއްނެތް ގޮތުގައި ދިވެހި އެއްމެރައްޔިތުންވެސް އިޒްރޭލުން ފަލަސްތީންގެ ރައްޔިތުން ކަތިލާ ކތިލުން ކުއްވެރިކުރެއްވެ. ދިވެހި ސަރުކާރުންވެސް މިކަން ކުއްވެރިކުރައެވެ. އަދި ދިވެހި ސަރުކާރުންވަނީ ފަލްސްތީނަކީ މިނިވަން ދައުލަތެއް ކަމުގަ ބަލާގެއްނެވުމައްވެސް ގޮވާލާފައެވެ. އިޒްރޭލާއެކު ދިވެހި ސަރުކާރުން ސިޔާސީ ގުޅުމެއް ގާއިމް ކުރުމަކީ އެއްގޮތަކައްވެސް އިސްރޭލުން ފަލަސްތީންގެ ރައްޔިތުން މެރުމައް ދިވެހި ސަރުކާރުން ބައިވެރިވަނީއެއް ނޫނެވެ. މީގެ ކުރިންވެސް ދިވެހި ސަރުކާރުން ވަނީ އިޒްރޭލާއެކު ސިޔާސީ ގުޅުން ގާއިމް ކޮއްފައެވެ. މިހާރު މި ޖެހިގެން އުޅޭ މައްސަލައަކީ ޑިމޮކްރަސީގެ ރީތި އުސޫލާއެއްގޮތައް އެއްމަންށް އެގިގެން މިގުޅުން ގާއިމް ކުރާތީއެވެ.
އިޒްރޭލްގެ ޑޮކްޓަރުން ރާއްޖެއަޢީ މި ރާއްޖޭގައި ތިބި ބަލިމީހުންނައް އިންސާނީ އެހީއެއް ފޯރުކޮއްދޭށެވެ. ކޮއްމެއަކސް އަޅުގަޑުމެން ވިސްނަން ޖެހޭކަމަކީ އެއީ ޑޮކްޓަރުން ކަމުގައެވެ. އެއްގޮތަކައްވެސް އިންސާނުންގެ ގުނަވަންތައް ވަގައްނަގާބަޔެއް ކަމުގައްނޫނެވެ. އަދި އެ ޑޮކްޓަރުން ރާއްޖެއައީ ރާއްޖޭގެ މެޑިކަލް ކައުންސިލްގެ ހުއްދަ ލިބިގެއްނެ މި ރާއްޖޭގައި މިފަދަ ފަރުވާއެއް އަމިއްލައަށް ހޯދަން ދަތިވެފައި ތިބި އެތއް ބަޔަކައް އެހީވުމަށެވެ.
ބަޔެއް ސިޔާސީ ފަރާއްތަކުން އިޒްރޭލްގެ ޑޮކްޓަރުން ރާއްޖެ އައުމުން ރައްޔިތުންނައް އެކި ގޮތްގޮތައް ވިސްނަދީގެން ސިޔާސީ މަންފާއެއް ހޯދަން މިއަދު މިކުރާ މަސއްކަތަކީ ވަރއްވެސް ހިތާމަހުރި ކަމެކެވެ. މިހާރުވެސް އޭޑިކޭ ހޮސްޕިޓަލްގަ އިޒްރޭލްގެ ދެ ޑޮޓަރުން އެބައުޅެއެވެ. މި ދެ ޑޮކްޓަރުން އުޅޭތާ މިހާރު އަހަރުތަކެއް ވެދާނެއެވެ. ނަމަވެސް މިކަން އެއްވެސް ސިޔާސީ އިދިކޮޅު ފަރާއްތަކައް މައްސަލަ އަކައްނުވިއެވެ.
ރާއްޖެ ކަހަލަ ފަގީރު އެއްވެސް އުފެއްދުންތެރި ކަމެއްނެތް ގައުމަކައް އެހެން ގައުމުތަކާ ނުގުޅި އުޅުމަކީ މިހާރު ވާނެކަމެއްނޫނެވެ. އަލިފާން ދަޑިއެއް ގެއްނަން ޖެހުނަސް ގެއަނަން ޖެހޭނީ މިދައްނަވާ ކާފަރުން އުޅޭ ގައުމަކުއްނެވެ. އެމެރިކާއިން އިރާގަށާ އަފްގާނިސްތާނައް އަރާ އެގައުމު ތަކުގެ އެތައްބަޔަކު މެރިއެވެ. އެހަނަސް އެމެރިކާ ސިޔާސީ ގުޅުން ބޭއްވުން އެއްވެސް މައްސަލައަކައް ނުވިއެވެ. އިޒްރޭލްގެ ފްލައިޓްތައް ރާއްޖެއަށް އޮޕަރޭޓް ކުރަން ފަށައިފި ނަމަ ދިވެހި ރައްޔިތުން ނުކުމެ އެއާޕޯރްޓް ބަންދު ކުރާނެ ކަމައް އަދާލަތު ޕާޓީން ބުނި ބުނުމަކީ އެއްވެސް ތާކުންތާކު ޖެހޭވާހަކެއްނޫނެވެ. ހުރިހާވެސް މައްސަލައަކީ އަޅުގަޑުމެންގެ ތެރޭގައި ދީނީ ހަރުކަށި މީހުން އުޅޭތީއެވެ. ރަސޫލާގެ ހަދީސްތައް އޮޅުވާލައިގެން އުޅޭ ބަޔަކު އުޅޭތީއެވެ. ރަސޫލާގެ ހަދީސް ފުޅެއްގައި ވާކަމައްވެ '' ތިޔަބައި މީހުން ހިގާފައިދާއިރު ކާފަރަކު ކުރިމައްޗައް ޖެހިއްޖެ ނަމަ ފިޒިކަލީ އެމީހަކު ކޮއްޕާ އަނެއްފަރާތައް ލާށެވެ'' މި ހަދީސް އަކީ އަޅުގަޑުމެންގެ ތެރޭ އުޅޭ ބަޔެއް ހަރުކަށި މީހުން ގަބޫލް ކުރާ ހަދީސް އެކެވެ. ނަމަވެސް އިސްލާމްދީންގެ ބަޔެއް ދައްނަބޭކަލުން ވިދާޅުވާ ގޮތުގައި މިއީ ސައްހަ ހަދީސް އެއްނޫނެވެ. ތުބުޅިލާފަ ފައިކުރި ކުރުކޮފަ ތިބި މީހުން އިޒްރޭލުން ރާއްޖެއައި ޑޮކްޓަރުންނަކީ ގުނަވަންތައް ވަގައްނަގާ ބަޔެއްކަމުގަ ކޮވަގޮވާ ތިއްބާވެސް އެ ޑޮކްޓަރުންކައިރިން އެތައް ރައްޔިތުންނެއް ފަރުވާ ހޯދިކަމީ ީ މަދު ހަރުކަށި ހައްދުފަހަނައަޅަފަތިބި ބަޔަކު ގޮވާލި ގޮވާލުން ރައްޔިތުން ގަބޫލް ނުކުރާކަން ދޭހަވިކަމެވެ.
Tuesday, November 09, 2010
އެމްޑީޕީ ސަރުކާރައް ދެއަހަރު ފުރޭއިރު ސަރުކާރުން ކޮށްދީފައިވާ ބޮޑެތި ކަންތައްތައް
އެގާރަ ނޮވެމްބަރ 2008 ގަ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ ގ.ކެނެރީގެ މުހައްމަދު ނަޝީދު ކުރެއްވިތާ މާދަމާއަށް 2 އަހަރު ފުރެނީއެވެ. ފާއިތުވެގެން މިދިޔަ ދުވަސްތަކުގަ ސަރުކާރުން ވަނީ ރާއްޖޭގެ ހިންގުމުގެ ދާއިރާއަށާ ރައްފުށުގެ ތަރައްގީއަށް ބޮޑެތިބަދަލުތަކެއްގެނެސްފައެވެ.ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވެރިކަމަށް އައީ އެތައް ކުދިޕާޓީ ތަކާއެކު އިއްތިހާދުވެ ވަތަން އެދޭއިއްތިހާދުގެ ނަމުގަ އެމްޑީޕީގެ މެނިފެސްޓޯ ރައްޔިތުން ގަބޫލުކޮށްގެންނެވެ. ނަމަވެސް ވެރިކަމައް ދަހިވެތި ވެފަތިބިލެއް ބޮޑުކަމުން ރައްޔިތުންނަށް ވައުދުވީ ކަންތައް ހަދާން ނައްތާލާ ވެރިކަމަށް އެއްމެ 14 ވަނައަށް ވީދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެބޭފުޅާ ރައީސުލް ޖުމްހޫރިއްޔާ ހަވާލުކޮއްފައިވާ މަސްއޫލިއްޔަތު( ހޯމް މިނިސްޓަރ) ކަމުގެ މަގާމުން އިސްތިއުފާ ދިނުމައްފަހު އިދިކޮޅު ފަރާއްތަކާއި ގުޅިގެން ސަރުކާރު ހިންގެވުމަށް އެކިގޮތް ގޮތުން އުދަގޫކުރަން ފެށިއެވެ. ގާސިމް އިސްތިއުފާދިންތާ 86 ވަނައަށްވީ ދުވަހު ރައީސްގެ އެޑްވައިޒަރ ކަމުގެ މަގާމުގައި ހުއްނެވި ދިވެހި ގައުމީ ޕާޓީގެ ރައީސް ޑރ ހަސަން ސައީދު އިސްތުއުފާ ދެއްވާ އިދިކޮޅު ފރާއްތަކާ ގުޅިގެން ސަރުކާރަށް ދުއްތުރާ ކުރަން ފެށިއެވެ. މިބޭފުޅުއްނަކީ އެމްޑީޕީގެ މެނިފެސްޓޯ ގައިވާ ވައުދުތައް ފުއްދުމަށް ދިވެހި ރައްޔިތުންނަށް ވައުދުވީ މީހުންނެވެ. ރާއްޖޭގެ ރައްތަޢް 7 ޕޮރޮވިންސައް ބަހަން ވައުދުވެ ސަރުކާރުގެ ޕްރިވަޓައިޒޭޝަންގެ ސިޔާސަތައް ތާއިދުކުރި ބޭފުޅުންނެވެ. ނަމަވެސް މިހާރު ސީދާ ފާޅުގަ ރައްޔިތުންނަށް އޮޅޭގޮތައް ގައުމަށް ފައިދާހުރިކަންތައްކަން އިގޭޢިރުވެސްމިކަންތައްތަކާ ދެކޮޅުހަދަނީ ސިޔާސީގޮތުން ވަކިމީހަކައް ކުރިލިބިދާނެތީއެވެ.
ނަމަވެސް މިހުރިހާ ކަންތަކައް ގޮންޖެހުމައްފަހު އަޅުގަޑުމެންގެ ރައީސުލް ޖުމްހޫރިއްޔާ ދަނީ ރާއްޖޭގެ ތަރައްގީއައް މަސައްކައް ކުރަމުންނެވެ. މިގޮތުން ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށް ސަރުކާރުގެ މުއައްޒަފުންގެ މުސާރަ ކުޑަކުރެއްވުން ކަހަލަ އެތައްކަމެއްވަނީ ކޮއްފައެވެ. އިދިކޮޅުފަރާއްތަކުން މުއަޒަފުންގެ މުސާރަ ކުޑަކުރި މައްސަލަވެސް ވަނީ ކޯޓަށް ހުށަހަޅާފައެއވެ. އެހަނަސް 09.11.2010 ގަ އައިއެމްއެފް އިން ނެރުނު ބަޔާނުގަވަނީ ސަރުކާރުގަ އެނިއްމުމަށް ތައުރީފްކޮއްފަ އެވެ.
ނަމަވެސް މިހުރިހާ ކަންތަކައް ގޮންޖެހުމައްފަހު އަޅުގަޑުމެންގެ ރައީސުލް ޖުމްހޫރިއްޔާ ދަނީ ރާއްޖޭގެ ތަރައްގީއައް މަސައްކައް ކުރަމުންނެވެ. މިގޮތުން ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށް ސަރުކާރުގެ މުއައްޒަފުންގެ މުސާރަ ކުޑަކުރެއްވުން ކަހަލަ އެތައްކަމެއްވަނީ ކޮއްފައެވެ. އިދިކޮޅުފަރާއްތަކުން މުއަޒަފުންގެ މުސާރަ ކުޑަކުރި މައްސަލަވެސް ވަނީ ކޯޓަށް ހުށަހަޅާފައެއވެ. އެހަނަސް 09.11.2010 ގަ އައިއެމްއެފް އިން ނެރުނު ބަޔާނުގަވަނީ ސަރުކާރުގަ އެނިއްމުމަށް ތައުރީފްކޮއްފަ އެވެ.
ދެއަހަރު ފުރޭއިރު ސަރުކާރުން ކޮއްދިން ކަންތަކަކީ ބޭސްފަރުވާއަށް ސަލާން ޖެހުން ހުއްޓުވުމުގެ ގޮތުން މަދަނަ ކިޔާ ޕޮރޮގްރާމް އެއް ތައާރަފް ކޮއް ކޮއްމެ ރައްޔިތަކައްވެސް ބޭސްފަރުވާ ކުރެވޭނެގޮތް ހަމަޖައްސާފައެވެ. އެއްރަށުން އަނެއްރަށައް ދަތުރުކުރެވޭނެ ނިޒާމްއެއް ހަމަޖައަސަދީފައެވެ. މިނިޒާމުގެ ސަބަބުން އެއްރަށުގެ ހިދުމަތް އަނެއްރަށައްލިބި، ވިޔަފާރީގެފުރުސަތު ފަހިވެ، އަޅުގަޑުމެން މިއެދޭ ތަރައްގީދަނީ ލިބެމުއްނެވެ. 65 އަހަރުން މަތީގެ މުސްކުޅިންނަށް ދެއްވާ 2000 ރުފިޔާއާއި، އެކަނިވެރި މައިންނައްދޭ އިނާޔަތްތައް ހިމެނެއެވެ. މީގެ އިތުރުން ފްލެޓް އެޅުމާއި، ބިންހިއްކުމާ، ފަޅުފުންކުރުން ފަދައެތައްކަމެއް ހިމެނެއެވެ. ނޮވެމްބަރު 2008ކުން މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ރާއްޖޭގެ 27ރަށެއްގެ ބަނދަރު ވަނީ ހަދާފައެވެ. މިދިޔައަހަރުން ފެށިގެން މިހާތަނަށް ރަށެއްގެ ނަރުދަމާގެ ނިޒާމު ޤާއިމްކޮށް މުޅީން ނިމިފައިވާއިރު 32ރަށެއްގެ ޑިޒައިން މަސައްކަތްވެސް ވަނީ ނިމިފައެވެ. މިހާރު ކުރިޔަށްދަނީ 10 ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތާއި ނަރުދަމާ ނިޒާމުޤާއިމްކުރުމަށް އިތުރު 16 ރަށެއްގެ ބީލަންތައް ދިރާސާކުރުމުގެ މަސައްކަތެވެ. މިވަރުގެ މަޝްރޫޢެއް މިއިން ޒަމާނަކުވެސް ރާއްޖޭގައި ކުރެވިފައެއް ނުވެއެވެ. މުޅި ރާއްޖޭގައި ފްލެޓްތައް އަޅައި އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މާލޭގައި ފުރަތަމަ ޢިމާރާތްކުރާ ހައުސިންގ ޔުނިޓް ބިލްޑިންގ ގެ ބިންގާވެސް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އެވަނީ އަޅުއްވައިދެއްވާފައެވެ. މާދަމާ ހުޅުމާލޭގަ 1000 ފްލެޓް ފްލެޓް ދޮންބެ އަޅުއްވާ ދެއްވާނެއެވެ.ހދ.ކުޅުދުއްފުއްޓާއި ނ. މަނަދޫއާ ޅ. ނައިފަރުގައި 25 ރޯހައުސް އެޅުމަށް މިހާރު ވަނީ ހަވާލުކުރެވިފައެވެ. ހުވަދުއަތޮޅު ކޮލަމާފުށްޓާ ތިނަދޫ މިއިން ކޮންމެ ރަށެއްގައިވެސް ހަމައެފަދަ 3 ކޮޓަރީގެ އެޕާޓްމެންޓް ހުންނަ 25 ރޯހައުސް އެޅުމަށް ޙަވާލުކޮށްފިއެވެ. އެމްޑީޕީގެ ވަޢުދުތައް ފުއްދުމުގެ ގޮތުން ށ އަތޮޅުގައި 100 ހައުސިންގ ޔުނިޓް އެޅުމަށްދަނީ ރާވަމުއްނެވެ.ސަރުކާރުގެ ވައުދުތައް ފުއްދުމަށެވެ. މިފަދައެތައްކަމެއް މިހާރު ދަނީހިގަމުއްނެވެ. ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް މިވެނި ވައުދެއް ނުފުއްދެވޭ ނޫންހޭ ބުނެއެއްވެސް މީހަކަށް އިނގިލިދިގުކޮށްލާނެ ޗާންސެއް ނެތެވެ. އެފަދަ ޗާންސެއް މިސަރުކާރަކުން ނުވެސް ދޭނެއެވެ.
Thursday, November 04, 2010
ދެއްވަދޫ ރަސްގެފާންގެ ހަދާނުގަ މިއަހަރުގެ ސްކޫލް ބަންދުގަ ފުޓްބޯޅަ މުބާރާތެއް ދެއްވަދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވަނީ
ދެއްވަދޫ ރަސްގެފާން ނުވަތަ އައްސުލްތާނު މުހައްމަދު އަލީ ހާޖީ 315ހ ގެ ހަދާން އާކުރުމުގެގޮތުން މީގެ އަހަރުތަކެއް ކުރިން ކޮއްމެ އަހަރީ ޗުއްޓީގައި ދެއްވަދޫގައި ބަށި މުބާރާތަކާ ފުޓްބޯޅަ މުބާރާތެއް ބާއްވައެއެވެ.4 ޓީމް އެކުލެވޭ މި މުބާރާއް 1998 ކުން ފެށިގެން ގެނެސްފައި ވަނީ އެކި ނަންނަމުގައެވެ. ގާއްގަޑަކަށް 12 އަހަރައް މި މުބާރާއް ''ދެއްވަދޫ ރަސްގެފާންކަޕް'' މިނަމުގައި މެދުކެޑުމައްފަހު އަލުން ދެއްވެދޫގެ ޒުވާނުންތަކެއް(ދެއްވަދޫ ޒުވާނުންގެ ޖަމިއްޔާ) އިސްނަގައިގެން މިފަހަރު ޗުއްޓީގައި ބާއްވާ ގޮތައްވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ ދެކޮނު އަވަށު ދެޓީމް(ޑީ ޖޭ ޖީ، އާއި ސަދަރން ފްޓްބޯލް ކަލަބް) އުތުރު އަވަށު ދެޓީމް (ވައްކޯ ސްޕޯރޓްސް ކަލަބް އާއި ހަވިއްތަ ސްޕޯރޓްސް ކަލަބް) އެވެ. މުބާރާތުގެ ޗެއްމްޕިންއަށްދާ ޓީމްއަށް 100000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭނެކަމަށް މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ރައީސް އަހުލަމް ރުޝްދީ ވިދާޅުވިއެއެވެ.
Wednesday, August 25, 2010
ރިޔާސީ ބަޔާނުން އިދިކޮޅު ފަރާތްތަކުން ވިސްނަންވީ ރައީސްގެ މިމެސެޖްއަށް.
ރިޔާސީ އިންތިޚާބަށް ހުރިހާ ޕާޓީތަކުން ތައްޔާރުވުމުގެ މުހިންމުކަން ކުޑައެއް ނޫން، އެހެން ނަމަވެސް، ތައްޔާރުވުމަށްޓަކައި މިއަދު ކުރާން އޮތް
ކަމަކީ، ސަރުކާރު ހިންގުމަށް ހުރަސް އެޅުމުގެ މަސައްކަތްކުރުން ކަމަށް ދެކިއްޖެނަމަ އެފަދަ ކަންކަމުގެ ދިފާޢުގައި ސަރުކާރާއި އަދި ކިތަންމެ
ޕާޓީއެއް ނުކުންނާނީ ޖޯޝާއެކުގައި . އެޖޯޝުގައި މުޑިނެގޭއިރު، ގެއްލުން ލިބޭނީ ހަމައެކަނި ވަކި ފަރުދުންނަކަށް ނޫން ، މުޅި ސިޔާސީ ނިޒާމަށް
. އަދި މިގެއްލުމަކީ އެކަކުވެސް އެދޭނެ ގެއްލުމެއް ނޫން
Sunday, August 15, 2010
ކުށްކުރެވޭނީ އިންސާނުންނަށް
ކޮއްމެ އިންސާނަކަށްވެސް ކުށްކުރެވޭނެއެވެ. މާތްކަލާންގެ މިދުނިޔެއަށް ފޮނުއްވި ރަސޫލުބޭކަލުންނަށްވެސް ކުށް ކުރެވުނެވެ. އެހާމާތް މަތިވެރި ބޭކަލުންނަށް ކުށް ކުރެވުނު އިރު އާދައިގެ އިންސާނުންނަށް ކުށެއްނޮކޮށް މިދުނިޔެ ދޫކޮށްފަދާނެބާ؟؟ އެހެނީ އިންސާނުންގެ ދަރިސްފަކޮޅުގެ ބައްޕަ (އާދަމްގެފާން) މިދުނިޔެއަށް ފޮނުއްވަން ޖެހުނީވެސް ކުރެވުނު ކުށެއްގެ ސަބަބުންނެވެ.
އަހަރެންގެ އުމުރުން މިހާޜު މިވަނީ 24 އަހަރުވެފައެވެ. ލިސްޓް ނުކުރުވޭހާ ބައިވަރު ކުށްތަނއްވަނީ ކުރެވިފައެވެ. އެހަނަސް އެއިން އެއްވެސް ކަމަކާ މިއަދު އަހަރެން ދެރައެއް ނުވެއެވެ. ސަބަބަކީ އުމުރަކީ ވަރަށްވެސް ކުރުއެއްޗެކެވެ.ނަމަވެސް ހެޔޮ ވިސްނުމުން ދެން އުމުރުގެބާކީ ދުވަސްތަކުގަ އެކަމާ ދެރަވެ ހިތާމަ ކުރުމުގެ ބަދަލުގަ ދެން އެފަދަކަމެއް ނުކުރާނެ ކަމަށް އަޒުމް ކަޑައަޅެމެވެ. ކުރެވުނު ކުށްތަކުން އިބުރަށްތަކެއް މިއަދު އަހަރެންނަށް ހާސިލް ކުރެވިއްޖެއެވެ.
އުމުރުގާވެސް އަހަރެން ގަބޫލުކުރާ ގޮތުގަ އަހަންނަށް ކުރެވުނު އެއްމެ ބޮޑު ކުށަކީ އަންހެން ކުދިންނަށް އޮޅުވާލައި އެކުދިންގެ ހިތްތަކާ ކުޅުމެވެ. . އުމުރުން 13 އަހަރުގަ އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުނީމެވެ. އެވެސް އެހެން ބޭނުމެއްގައެވެ. ވަގުތީ އުފަލަކަށް ފޫހިފިލުވާ ލުމަށެވެ. މިގޮތައް އެތައް އަންހެން ކުދިންގެ ހިތްތަކާ ކުޅެ އެކުދިންނަށް ވޭންތަކެއް ދިނުމަށްފަހު އަހަރެންގެ އުމުރުން 21 އަހަރުގަ އަހަންނަށް ވެސް ކުއްޖަކުދެކެ ހަގީގީ ލޯބިވެވުނެވެ. އެކަމަކު ހަގީގީ ލޯބިވެރިޔާ އެއްކޮށް އުޅެމުން ގެންދިޔައިރުވެސް ބައިވަރު ސައިޑް ބިޓުން ގެންގުޅުނިން. ކޮއްމެ ކުއްޖަކާވެސް ރުޅިވާއިރު އަހަންނަށް ހިތްހަމަ ޖެހޭ އުފާވެރި ދިރިއުޅުމެއް ދުވަހުވެސް ނުލިބޭނެ ކަމަށާއި އަދި އެފަދަ ދުވަހެއް ނައުމަށް އެދި ދުއާކުރާނެކަމައްވެސް ބުނެއެވެ. އެކަމަކު ހިތަށް ހަމަ 'ބަލި ތާވަޅެކޭވެސް' ނާރުވަމެވެ. މިހެން އުޅެނިކޮށް މިހުރިހާ ކަމެއް ބަސްޓް ވުމުން އަހަރެންގެ ހަގީގީ ލޯބިވެރިޔާ އަހަންނާ ރުޅިވުމުން ކުރެވުނު އިހުސާސް ތަކުން އެހެން މީހުންނަށްވެސް ކުރާނެ އިހުސާސް އަހަންނަށް ވިސުނުނެވެ. އަންހެން ކުއްޖަކު ކައިރީ ރޮއެފަ އަހަރެން އާދޭސް ކުރާނެ ދުވަހެއް ދުވަހަކުވެސް އަންނާނެ ކަމަކަށް ހިޔެއް ނުކުރަމެވެ. 4 މަސް ދުވަސް ވަންދެން ހަގީގީ ލޯބިވެރިޔާ ލިބޭތޯ މަސައްކަތް ކުރީމެވެ. ދެން އެކަހަލަ ގޮތަކަށް ނޫޅޭނެކަމަށް ވައުދުވުން އަނައްކާވެސް އަހަރެންގެ ލޯބިވެރިޔާ އަހަންނަށް ލިބުނެވެ. މިހާރު އަހަރެން މިވަނީ ދެންއެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަޒުމް ކަޑައަޅައިގެންނެވެ. މިލުޔުން ކިޔާ އެއްމެނަށް އަހަރެން ދޭންއޮތް މެސެޖަކީ '' ކުށެއް ކުރެވުން ދެން އެފަދަ ކަމެއް ތަކުރާރު ނުކުރުމައް އަޒުމް ކަޑައަޅާށެވެ. ކުރެވުނު ކުށުން އިބުރަށް ހާސިލް ކުރާށެވެ''
.
.
Subscribe to:
Posts (Atom)




